Tuesday, August 24, 2010

ތަޢުލީމީ ޒުވާނަކާއި ޢިލްމުވެރިއެއް


ދުވަސްތަކެއް ވަންދެން ޢިލްމު ހޯދުމަށްޓަކައި ޒުވާނަކު އެކި ޤައުމުތަކަށް ދަތުރުކުރިއެވެ. އޭނާ އެނބުރި ޤައުމަށް އައުމަށްފަހު، އޭނާ ކުރާ ތިން ސުވާލަކަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ ތަޖުރިބާކާރެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ގާތުގައި އެދުނެވެ. އެ ޒުވާނާގެ އެދުމާއި އެއްގޮތަށް އޭނާގެ މައިންބަފައިން އޭނާއަށް މުސްލިމް ޢިލްމުވެރިއެއް ހޯދައިދިނެވެ.

Monday, August 23, 2010

މާމުއި، އެތަކެއް ބަލިތަކަށް ފަރުވާއެއް

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ:މާމުއީގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ."(16:68,69)

Tuesday, December 1, 2009

ކަނީރު- ރީތި ވިހަގަދަ ގަހެއް

ކަނީރުގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައި ވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާ ހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެ ގަހުން މާބޮނޑިތައް ބިނދެގެން ގޭތެރޭގައި ވެސް ބަހައްޓައި އުޅެމެވެ.

ނަމަވެސް އޭރު ކަނީރުގަހާ ބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެޔަަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަ ގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވި އެވެ. ބައްޕައަށް މި މަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެ ނޫން ވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ.

މަގުމައްޗަކީ އެންމެންގެ ތަނެކެވެ

މަގުމައްޗަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ބޭނުން ކުރާ ތަނެކެވެ. އެކި އުޅަނދުފަހަރު ދުއްވާ މީހުންނާއި ހިނގާމީހުން މަގުގެ ބޭނުން ރެޔާއި ދުވާލު ސައުވީސްގަޑިއިރު ބޭނުންކުރެއެވެ. މިދެބައިމީހުންނަށް ވަކި ސަރަޙައްދެއް މަގުގައި ހެދިފައިވެއެވެ. ހިނގާމީހުންނަށް މަގުގެ ދެފަރާތުގައިވާ ދުވާރެވެ. ދުއްވާމީހުންނަށް މަގުގެ ދެފަރާތެވެ. މި ދެސަރަޙައްދު ކަނޑައެޅިފައިވާ ފަރާތްނޫން އެހެންފަރާތެއް ބޭނުންކުރާނަމަ ޤަވާޢިދާ ޚިލާފުވީއެވެ. އެހެން ކަމުން މަގުމަތީގެ ޤަވާޢިދުތަކަށް އެންމެންވެސް އިޙްތިރާމްކޮށް ބޯލަނބަން ޖެހެއެވެ.
މަގުމަތީގައި ހިނގާމީހުންނާއި ދުއްވާމީހުން ވިސްނަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިކަންތައްތަކަށް ނުވިސްނާނަމަ، ދުއްވާ މީހުންނަށް އުނދަގޫވެ ނުވަތަ ހިތާމަވެރި ޙާދިޘާއެއް ހިނގުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އަދި ހިނގާމީހުން މަގު ހުރަސްކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުކަމަށްވާ ކަފިހިހުރަސް ނުވަތަ ޓްރެފިކް ލައިޓް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ގިނަފަހަރަށް ޓްރެފިކް ލައިޓްގެ ބޮކި ރަތްކުލައިން ދިއްލިފައި ހުއްޓާ، އެއްޗެއް ނާންނާނޭ ކަމަށް ހިތާ މަގުހުރަސްކުރުމުން ތިމާ ދާން އުޅުނު މަންޒިލަށް ނުދެވި އެހެން މަންޒިލަކަށް ދެވޭތަން އާދެއެވެ.
މަގުމަތީގައި އުޅަނދުފަހަރު ދުއްވާ މީހުންވެސް ވިސްނަންޖެހޭ ކަންތައްތައް މަދެއް ނޫނެވެ. ކަނޑައެޅިފައިވާ ބާރުމިނަށް ބަލައިގެން އެއަށްވުރެ ބާރަށް ނުދުއްވުމާއި އެއުޅަނދެއްގައި ހަރުކުރެވިފައިވާ ބުރަކި މަސައްކަތް ކުރޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. އަދި ޓްރެފިކްލައިޓްގެ ރަތްބޮކި ދިއްލިފައިވާނަމަ އެއަށް މަޑުކުރުމަކީ މުހިންމުކަމެކެވެ. ކެތްމަދުވުމުގެ ސަބަބުން ބޮޑު ވޭނެއްގައި ޙަޔާތުގެ ބާކީބައި ހޭދަކުރަން ޖެހިފައިވާ މީހަކަށްވާން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
މީގެ އިތުރުން މަގުމައްޗަށް ކުނި ނޭޅުމާއި، މަގުމަތީގައި އުޅޭއިރު ހަޅޭއްލަވައި ސަކަރާތް ޖެހުންފަދަ ކަންކަމުން ދުރުވުމަކީ އަމާންކަމާއެކު މަގުމަތީގައި އުޅުމަށް މަގުފަހިވާނޭކަންކަމެވެ. އަދި މަގުމަތީގައި އެހެންމީހުނަށް އުނދަގޫވާނޭހެން އެއްޗެހި ނުބެހެއްޓުމަކީ ސަމާލުކަންދޭންޖެހޭ ކަމެކެވެ. ނަމަވެސް ވަރަށް ގިނައިން މާލޭގެ ފިހާރަ ތަކުން ދުވާރު މަތީގަޔާއި ޕާކުކުރާ ސަރަޙައްދުގައި މުދާ ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ. މަގުމަތީގައި އެހެންމީހުނަށް އުނދަގޫވާނޭހެން ހުންނަ ތަކެތި އެއްކައިރި ކުރާމީހުންނަށް ސަވާބުލިބޭނެކަން ކީރިތި ރަސޫލާގެ ޙަދީޘުން އިނގެއެވެ.
މަތީގައި ލިޔެވިފައިވާ ކަންކަމަކީ އެކަންކަމާމެދު ފުންކޮށް ވިސްނާ އިޞްލާޙުކުރަން ޖެހޭ ކަންކަމެވެ. އޭރުން މަގުމައްޗަކީ އެންމެންނަށް އަމާންތަނަކަށްވެ ހިތާމަވެރި ޙާދިޘާތައް ނުހިނގާ ތަނަކަށް ވާނެއެވެ. މިކަން ޙާޞިލުކުރުމަށް އެންމެން އެއްބާރުލައި މަގުމަތީގެ ޤަވާޢިދުތަކަށް ބޯލަނބަންޖެހެއެވެ.