ކަނީރުގަހަކީ،
ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައި ވެސް ބޮޑު ކަނީރުގަހެއް
ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާ ހޯދުމަށްޓަކައި ދޭތެރެދޭތެރެއިން
މީހުން އާދެއެވެ. އެ ގަހުން މާބޮނޑިތައް ބިނދެގެން ގޭތެރޭގައި ވެސް ބަހައްޓައި
އުޅެމެވެ.
ނަމަވެސް އޭރު ކަނީރުގަހާ ބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެޔަަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަ ގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވި އެވެ. ބައްޕައަށް މި މަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެ ނޫން ވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ.